ހުޅުމާލޭގައި “ކޯލިވިންގ ހައުސިންގ” މަޝްރޫއު އިމާރާތްކުރާނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި “ކޯލިވިންގ ހައުސިންގ” މަޝްރޫއު އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އެޗް.ޑީ.ސީ އިން އިއުލާންކޮށްފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން “ކޯ ޝެއަރ” ނުވަތަ އެހެން މީހުންނާއިއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއަރ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް މުޅިން އައު މި ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުމެވެ.

“ކޯ ލިވިންގ” ކޮންސެޕްޓަށް އެޗް.ޑީ.ސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ، ބާބަކިއު އޭރިއާ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެއެވެ. މީގެއިތުރުންވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ ބައިވަރު ހިދުމަތްތަކެއް މި ބިލްޑިންގއިން ލިބިގެންދާނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައިވެސް ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮޖެކްޓް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2021ގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!