ބިގް ބޮސް އަށް އަލަށް ގެނައި ސޮނާލީ އަކީ ކާކު؟

“ބިގް ބޮސް 14” އަށް އެންމެފަހުން އިތުރުވި ބައިވެރިއަކީ އާންމުންނަށް އެހާ ރައްޓެހި މޫނެއް ނޫނެވެ. މިދިޔަ އަންގާރަ ދުވަހުގެ އެޕިސޯޑުގެ މެދުތެރެއިން ގެނައި ބައިވެރިއަކީ ސޮނާލީ ފޯގަޓް ނަމަކަށް ކިޔާ އަންހެނެކެވެ. ތިރީގައި މި ހިއްސާކޮށްލަނީ، “ބިގް ބޮސް” ގެ ވަފާތެރި ފޭނުންނަށް މުހިއްމު ވެދާނެ، ސޮނާލީއާ ބެހޭ ބައެއް މަޢުލޫމާތެވެ.

ސޮނާލީއަކީ އިންޑިއާގެ ހަރްޔާނާއަށް އުފަން މީހެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރު އެކްޓިންގެ ތެރެއަށް ވަދެފައެވެ. އެގޮތުން އެ އަހަރު ގެނެސްދިން ޓީވީ ސީރިއަލް އެއް ކަމަށްވާ “އޭކް މާ ޖޯ ލާކޯން ކޭ ލިޔޭ ބަނީ އަންމާ” އަކީ އޭނާގެ ފުރަތަމަ މަސައްކަތެވެ. އޭގަފަހުން ހަރްޔާންވީ ފިލްމެއްގައި މަސައްކަތްކޮށް، ޕަންޖާބް އަދި ހަރްޔާންވީގެ ވީޑީއޯ ލަވަތަކުން ވެސް ފެނިފައިވެއެވެ. ސޮނާލީ އެންމެފަހުން ފެނިފައިވަނީ “ދަ ސްޓޯރީ އޮފް ބަދްމާޝްގަރް” ނަމަކަށް ކިޔާ ވެބް ސީރީޒަކުން މިދިޔަ އަހަރެވެ.

ސޮނާލީ އަކީ ބީޖޭޕީގެ ހަރްޔާނާ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާއެވެ. އަދި އޭނާގެ އެކިއެކި އަމަލުތަކާހެދި ކޮންޓްރޮވަރސީ އުފެދި، މީސްމީޑިއާގައި އޭނާގެ ގިނަ ވީޑީއޯތަކެއް ވެސް ދައުރުވެފައި ވެއެވެ. އޭގެތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ވީޑިއޯއަކީ، ހަރްޔާނާ ފުލުހުންގެ ހާޒިރުގައި ސިޔާސީ ލީޑަރެއްގެ މޫނުމަތީގައި ފައިވާން ކިބައަކުން ޖެހި ވީޑިއޯއެވެ.

“ބިގް ބޮސް 14” ގައި ބައިވެރިވުމާ ބެހޭގޮތުން ‘ޓައިމްސް އޮފް އިންޑިއާ’ އަށް ދިން އިންޓަވިއުއެއްގައި ސޮނާލީ ބުނީ އޭނާއަކީ އެންމެ ކުރިންސުރެ ވެސް އެ ޝޯ ޤަވާއިދުން ބަލަމުން އަންނަ މީހެއް ކަމަށެވެ. އަދި މި އަހަރު އެ ޝޯގައި ވައިލްޑްކާޑުގެ ބައިވެރިއެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އެއްބަސްވީ ކަމަށް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!