އަލީ ބުނި ބަސްތަކުން ޖޭސްމިންގެ ލޮލުން ކަރުނަ ހިލިއްޖެ

މަޤުބޫލު ރިއަލިޓީ ޝޯ “ހަތުރޯން ކީ ކިލާޑީ” ގެ ބައިވެރިން، އަދި “ބިގް ބޮސް 14” ގައި މިހާރު ބައިވެރިވެގެން އުޅޭ މަޝްހޫރު ޓީވީ އެކްޓްރެސް ޖޭސްމިން ބާސިން، އާއި އަލީ ގޯނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެޝޯގެ ތެރެއިން ވަނީ އެއްބަސްވެފައެވެ.

މީގެ ކުރިން ޖޭސްމިން ބުނަމުން އައީ އެދެމީހުންނަކީ ހަމައެކަނި ގާތް ރައްޓެހިން ކަމުގައެވެ. ނަމަވެސް ބިގް ބޮސްގެ އެޕިސޯޑެއްގައި ޖޭސްމިން ވަނީ އަލީއާ ރައްޓެހިވެގެން އުޅޭތާ 3 އަހަރުވެއްޖެ ކަމަށްވެސް ބުނެފައެވެ. މިއާއި އެކު އެދެމީހުންގެ ފޭނުން ވަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށްފައެވެ.

އިއްޔެގެ އެޕިސޯޑެއްގައި އަލީ ދެއްކި ވާހަކައަކުން ޖޭސްމިންގެ ލޮލުން ވަނީ އުފަލުން ކަރުނަ ހިލިފައެވެ. އެގޮތުން ބިގް ބޮސްއަށް މިހާރު އައިސްގެން އުޅޭ އެކްޓްރެސް ރާކީ ސާވަންތު ވަނީ އަލީ ކައިރިން ޖޭސްމިންގެ އާއިލާގެ ނުގަބޫލުގައި ޖޭސްމިން އާއި ކައިވެނި ކޮށްފާނަންތޯ ސުވާލު ކޮށްފައެވެ. ޖަވާބެއްގެ ގޮތުން އަލީ ބުނީ ޖޭސްމިންގެ އާއިލާއަށް ދެރައެއް ނުދޭނެ ކަމަށާއި، އެމީހުން ނުގަބޫލު ވެއްޖެ ނަމަ ޖޭސްމިން އާއި ވާހަކަދެއްކުން ހުއްޓާލައި ވަގުތުން އެހެން މީހަކާއި ކައިވެނި ކުރާނެ ކަމަށެވެ.

“އަހަރެން ޖޭސްމިން އާއި ވާހަކަދެއްކުން ހުއްޓާލާފައި އެހެން މީހަކާއި ކައިވެނި ކުރާނީ. އޭރުން ޖޭސްމިން އަހަރެން ދެކެ ނަފްރަތު ކުރާނެ” އަލީ ބުނެއެވެ. މިވާހަކަތައް އަޑު އިވިފައި ޖޭސްމިން އިންނަނީ ރޮވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!