އޭޑީކޭ ހޮސްޕިޓަލްގައި ހިންގާ ކެންޓީނު އެޗްޕީއޭ އިން ބަންދުކޮށްފި

އޭޑީކޭ ހޮސްޕިޓަލްގައި ހިންގާ ކެންޓީނު އެޗްޕީއޭ އިން ބަންދުކޮށްފިއެވެ.

އެޗްޕީއޭއިން ކެންޓީނު ބަންދުކޮށް ހަރުކޮށްފައިވާ ނޯޓިސްގައި ބަޔާންކޮށްފައި ވަނީ ކެންޓީން ބަންދުކުރީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޙިލާފުވެފައި ވާތީ ކަމަށެވެ.

ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ސައި ހޮޓާ ރެސްޓޯރެންޓާއި ކެންޓީނުތައް ހުރޭތޯ ބެލުމަށް އެޗްޕީއޭއިން ދޭތެރެ ދޭތެރެއިން އިންސްޕެކްޓްކޮށް ބަލައި ހަދައެވެ.

އެޗްޕީއޭ އިން ނޯޓިސް ހިއްޕާފައި ހުންނަ މުއްދަތުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!