ކްރިސްމަސް ފާހަގަކޮށް ތަހުނިޔާ ނުފޮނުވަން އިލްތިމާސްކޮށްފި

ކްރިސްމަސް އާއި ޣައިރު ދީންތަކުގެ އެނޫން ބާތިލު މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފި އެވެ.

އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނެއްފައި ބުނީ މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ ކަންކަމުގައި ބައިވެރިވުމާއި އެކަންކަމަށް ހިތްވަރުދީ، އެކަންކަމުގެ ދިފާއުގައި ވާހަކަ ދެއްކުމާއި މަގު ގެއްލިފައިވާ ފަރާތްތަކުން ފާހަގަކުރާ، ޝިރުކުގެ އަމަލުތައް ހިމެނިގެންވާ މިފަދަ މުނާސަބަތުތަކަށް ހިތްވަރުދީ، އެއްބަޔަކު އަނެއް ބަޔަކަށް ތަހުނިޔާ ރައްދުކުރުން ފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު، އަދި ނޭނގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ އަމަލުތަކެއް ކަމަށެވެ.

އެހެންކަމުން އަހަރެމެންނަކީ މުސްލިމުން ކަމުގައިވާއިރު، އެފަދަ ކަންކަމުން ދުރުވެ ރައްކާތެރިވެ ތިބުމަށް ހުރިހާ ދިވެހީންނަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ ބަވަނަވެފައިވާ ދުނިޔެއެއްގައި، ދިވެހިން އުޅެމުން އަންނަނި އެހެން ދީންތަކާ ސަގާފަތްތައް ނުހަނު ކައިރިން އަބަދު ވެސް ފެންނަ ގޮތަށް ކަމަށާއި އެހެންކަމުން މިއަދު ބޮޑުވާ ޒުވާނުން އެފަދަ އޮއެވަރެއްގައި ޖެހިގެން ހިނގައިދޭނެ ކަމަށް ސަމާލުވުމަށް ތިބުމަށް ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް އިލްތިމާސް ކުރައްވަވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!