ވައްކަމުގެ މައްސަލައެއްގައި ހޯދާ މީހަކު ނުފެނިގެން ފުލުހަށް ހާޒިރުވާން އިއުލާންކޮށްފި

ވައްކަމުގެ މައްސަލައެއްގެ ތަޙްޤީޤަށް ފުލުހުން ހޯދަމުން ގެންދާ މީހަކު ނުފެނިގެން އޭނާ ފުލުހަށް ހާޒިރުވާން އިއުލާންކޮށްފިއެވެ.

ފުލުހަށް ހާޒިރުވާން އަންގައި އިއުލާން ކޮށްފައި ވަނީ ށ. ޅައިމަގު/ އަތަމާގެ، ފާރިސް ޢަލީ ޝަރީފް (29އ) އެވެ.

ފުލުހުން ވިދާޅުވީ ވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ 2020 ނޮވެމްބަރު 26 ވަނަ ދުވަހުގެ ވަގުތެއްގައި އޮފީހަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 29 ވަނަ ދުވަހު 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!