ފޮޓޮ: ޕީއެސްއެމް

ސްކޫލްތައް ހުޅުވުނަސް ޓެލެކްލާސްތައް ކުރިޔަށް ގެންދާނެ: މިނިސްޓްރީ

އަންނަ އަހަރުގެ ކޮޔެވުންވެސް ކުރިއަށް ދާނީ ކޮވިޑް-19 ގެ ހާލަތުގައި ތައުލީމު ފޯރުކޮށްދިނުމަށް ގެންގުޅުނު އުސޫލުތަކާއި، އޮންލައިން ކްލާސްތަކުގެ އިތުރުން ޓެލެކްލާސްތަކާއި ވެސް އެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ކިޔަވައިދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން ވާހަކަދައްކަަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ކިޔަވައިދިނުމުގައި ބޭނުންކުރި މޮޑާލިޓީތައް 2021 ވަނަ އަހަރުގެ ކިޔެވުން ކުރިއަށް ގެންދާއިރު ވެސް ބޭނުން ކުރެވިގެންދާނެ ކަމަށެވެ. 

ހާއްސަކޮށް ކޮވިޑް ކޭސްތައް ގިނަ މާލެ ކަހަލަ ދަރިވަރުންގެ އާބާދީ ބޮޑު ސްކޫލްތަކުގައި ހުރިހާ ދުވަހު ސްކޫލަށް ހާޒިރު ނުވޭވޭނަމަ އޮންލައިންކޮށް ވެސް ކްލާސްތައް ކުރިއަށް ދާނެ ކަމަށް މޫސާ އާދަމް ވިދާޅުވިއެވެ.

މުސާ ވިދާޅުވީ ހަމަ އެގޮތަށް ޓެލެކްލާސްތައްވެސް ކުރިއަށް އޮތް ޓާމުގެ ކިޔެވުން ކުރިއަށް ގެންދާއިރު ވެސް ބޭނުން ކުރަމުންދާނެ ކަމަށާއި ސްކޫލްތަކުގެ ކިޔެވުން 2021 ވަނަ އަހަރުވެސް ކުރިއަށް ގެންދާނީ އޮންލައިން ކްލާސްތަކާއި ޓޭލެކްލާސްތަކުގެ އިތުރުން “ފޭސް ޓު ފޭސް” ކްލާސްތަކާއި ވެސް އެކު ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!