ފުލުހުންގެ ބަންދުގައި ތިބި 2 މީހަކު ފިލައިފި

ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފާ ތިބި ދެ މީހުން ފިލައިފިއެވެ.

ފުލުހުން ބުނީ ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުގައި ތިބި ކާށިދޫ އަލުންތިލަ، އަހްމަދު ސިމާއު އަދި ކާށިދޫ ސައުތުކޯނަރު، އިބްރާހިމް ފަވާޒު މިއަދު 01:00 ހާއިރު ފިލާފައިވާ ކަމަށެވެ. އެގޮތުން މި ދެ މީހުންގެ ތެރެއިން ފަވާޒު މިއަދު 01:43 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަންދުގައި ތިބި މި ދެމީހުން ފިލި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފަޔަވަޅުތައް ވެސް އަޅަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ސިމާއު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ކާށިދޫ ޕޮލޮސް ސްޓޭޝަންގެ ނަންބަރު 9791519 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!