ގިނަ އަދަދެއްގެ ބަނގުރަލާއި އޫރު މަސް ނައްތާލައިފި

ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ހިމެނޭ ތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މިތަކެތި ނައްތާލާފައިވަނީ އިއްޔެ ވަގުތެއްގައި ތިލަފުށީގައި ކަމަށާއި އެކަން ކުރީ މީޑިއާގެ ކުރިމަތީގައި ކަމަށެވެ.

ނައްތާލާފައިވަނީ 8719.92 ލީޓަރުގެ ބަނގުރަލާއި 2220.5 ކިލޯގެ އޫރު މަހެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!