އަޔުޝްމަންގެ ކުރިއަށް އޮތް ފިލްމަކީ ޑޮކްޓަރ ޖީ

ބޮލީވުޑް އެކްޓަރު އަޔުޝްމަން ކުރާނާ، އޭނާގެ ކުރިއަށް އޮތް ފިލްމުގެ ނަން އިޢުލާނުކޮށްފިއެވެ.

36 އަހަރުގެ އެކްޓަރު އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ދައްކައިލީ އެ ފިލްމުގެ ސްކްރިޕްޓުގެ ބަނޑޭރީގަނޑެވެ. އެއީ ޖަންގްލީ ޕިކްޗާސް އިން ހަދާ “ޑޮކްޓަރ ޖީ” ނަމަކަށް ކިޔާ ފިލްމެކެވެ. ޖަންގްލީ ޕިކްޗާސް ގެ ދަށުން އަޔުޝްމަން ވަނީ އެހެން ދެ ފިލްމެއްގައި ވެސް މީގެކުރިން މަސައްކަތް ކޮށްފައެވެ. އެއީ 2017 ވަނަ އަހަރުގެ “ބަރޭލީ ކީ ބަރްފީ” އާއި 2018 ވަނަ އަހަރު ނުކުތް “ބަދާއީ ހޯ” އެވެ. މި ދެ ފިލްމަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

އަނުބުތީ ކަޝްޔަޕް ޑައިރެކްޓުކުރާ “ޑޮކްޓަރ ޖީ” އަކީ ކެމްޕަސް ކޮމެޑީ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަޔުޝްމަން އޭގައި ކުޅޭނީ ޑޮކްޓަރެއްގެ ރޯލެވެ. ފިލްމުގެ ޝޫޓިންގ ގެ މަސައްކަތް މިހާރު އަންނަނީ ފަށަން ތައްޔާރުވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!