އިންޓަވިއުއަކަށް ފަހު ކަރީނާގެ ތައުރީފު ނޯރާއަށް

ބޮލީވުޑްގެ އެކްޓަރ ކަރީނާ ކަޕޫރް ދެވަނަ ދަރިފުޅަށް ބަލިވެ އިން ނަމަވެސް، ކަރީނާ ދަނީ އިޝްތިހާރު ކުޅުމާ ރޭޑިއޯ ޝޯ އެއް ކަމަށް ވާ ” ކަރީނާ ކަޕޫރް ޙާން ޓޯކްސް ޝޯ” ހުށަހަޅާދެމުންނެވެ.

އެންމެ ފަހުން ކަރީނާގެ ޝޯގައި ބައިވެރި ވެފައި ވަނީ އެތަށް ބައެއްގެ ހިތް އަތުލައިގެންފައި ވާ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރެސް ނޯރާ ފަތޭހީ އެވެ.

އެ ޝޯ ގައި ނޯރާ ވަނީ އޭނާގެ ކެރިއަރ ގައި މިހާތަނަށް ދިމާވެފައި ހުރި ވަރަށް ގިނަ ކަންތައް ހިއްސާ ކޮށްފައެވެ. އެގޮތުން ބޮލީވުޑަށް ނުކުންނަން ކުރި މަސައްކަތުގައި ދިމާވެފައި ހުރި ހިތް ދަތި ކަންތައް ތަކާއި އަދި މަޝްހޫރު ފަންނާނުންނާ އެއް ހަރުފަތެއްގައި ފައިތިލަ ސާބިތުކުރަން ކުރި ބުރަ މަސައްކަތުގެ ވާހަކަތައް ވެސް ނޯރާ ވަނީ އެ ޝޯގައި ހިއްސާކޮށްފައެވެ.

ކަރީނާ ވަނީ ނޯރާގެ ހިތްވަރު ގަދަކަމަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އަދި އިންޑަސްޓްރީގައި ފާހަގަ ކޮށްލެވޭ މީހެއްގެ ގޮތުގައި ވުމަށް ނޯރާ ކުރި މަސައްކަތް އެނގުމުން ކަރީނާ ހުރީ ހައިރާންވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!