ގޯހަރް އާއި ޒައިދު ކައިވެންޏަށް ތައްޔާރުވަނީ

އިންޑިއާގެ މަޝްހޫރު އެކްޓްރެސް ގޯހަރް ޚާން އާއި އޭނާގެ ލޯބިވެރިޔާ ޒައިދު ދަރްބާރްގެ ކައިވެނި މިމަހުގެ 25 ވަނަ ދުވަހު ކުރަން ނިންމާފައިވާއިރު ކައިވެނީގެ ކުރިން ބާއްވާ ހަފްލާތައް ބާއްވަން ފަށައިފިއެވެ.

 ގޯހަރް، 37، އާއި ޒައިދް އެންގޭޖްވެފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އެދެމީހުންގެ ޗިކްސާ ނުވަތަ ހަލްދީ ހަފްލާ ބާއްވާފައިވަނީ ހޯމަ ދުވަހުއެވެ. މި ހަފްލާ އަކީ އިންޑިއާގައި ސަގާފީ ގޮތުން ދެމީހަކު ކައިވެނި ކުރާއިރު އާއިލާ މީހުންނާއި ގާތް ތިމާގެ މީހުން އައިސް އެމީހުންގެ ގައިގައި ރީނދޫ އުނގުޅާ ހަފްލާއެކެވެ.

ވަރަށް ފޯރި ގަދަ ކޮށް ބޭއްވި މި ހަފްލާގައި ދެފަރާތު އާއިލާއިން ވެސް ނެށުންތައް ހުށަހަޅާދީފައިވާއިރު ޒައިދް އާއި ގޯހަރް ވެސް ވަނީ ނެށުންތަކުގައި ބައިވެރިވެފައެވެ.

އިންޑީއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ގޯހަރް ބުނީ، އެ ދެމީހުން ފުރަތަމަ ބައްދަލުވީ ޓިކްޓޮކް ވީޑިއޯއެއް ހެދުމުގެ ތެރެއިން ކަމަށެވެ. އަދި އޭގެ ފަހުން ދެމީހުންގެ ދެމެދުގައި އެކުވެރިކަން އުފެދި މަހެއްގެ ތެރޭގައި ޒައިދް އޭނާއަށް ޕްރޮޕޯސް ކުރި ކަމަށެވެ.

ޒައިދް ދަރްބާރްއަކީ ކޮރިއޮގްރާފަރެއް އަދި ސޯޝަލް މީޑިއާ އިންފްލުއެންސާއެއް ވެސްމެއެވެ. ގޯހަރް އާއި ޒައިދް ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނީ އެދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް މިސްމީޑިއާގައި ހިއްސާކުރުމާއެކު އެދެމެދުގައި އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އޮތް ކަން ހާމަވާތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!