ރަންވީރާ ހެދި ދިޕިކާގެ ބޮލުގައި ރިއްސަނީ!

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރަންވީރު ސިންގް ދާދިފަހުން އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ލައިވް ސެޝަނެއްގައި އަންހެނުން އަދި އެކްޓްރެސް ދިޕިކާ ޕަޑުކޯން ވަރަށް މަޖާ ކޮމެންޓެއް ކޮށްފިއެވެ.

އަންގާރަ ދުވަހު ރަންވީރު ފިލްމެއްގެ ޝޫޓިންގ އަށް ދިޔަ މަގުމަތީގައި ކާރުގައި އިނދެގެން އިންސްޓަގްރާމުން ލައިވް ވެފައިވަނީ ފޭނުންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ރަންވީރު އިނީ ކާރުގައި ވަރަށް ބާރަށް ލަވައެއް ޖަހައިގެން އެއާ އެއްވަރަށް އަނގަތަޅުވާށެވެ. އެއާއެކު ލަވައިގެ މިއުޒިކާ އެއްވަރަށް ފޯނު ތަޅުވަމުންދިޔުމުން ދިޕިކާ ވަނީ އިރުކޮޅެއް ތެރޭގައި އެކަމަށް “ފާޑުކިޔާފަ” އެވެ.

ހުނަރުވެރި ބަތަލާ ކުރި ކޮމެންޓުގައި އޭނާގެ ފިރިމީހާ އާ ދިމާއަށް ބުނީ ހަމަޖެހުމަށެވެ. އަދި ރަންވީރުގެ ލައިވް ފެނިފައި ބޮލުގައި ރިއްސަން ފަށައިފި ކަމަށް، މަޖަލަކަށް ހަދާފައި ދިޕިކާ ބުންޏެވެ. ދިޕިކާގެ މި ކޮމެންޓު ފެނިފައި އެމީހުންގެ ފޭނުންނަށް ވެސް ވަނީ ވަރަށް މަޖާ ވެފައެވެ.

ދިޕިކާ އާއި ރަންވީރު ކައިވެނި ކުރީ 2018 ވަނަ އަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!