އެޑިއުކޭޝަން މިނިސްޓްރީއަށް ޕަރސަނަލް ކޮމްޕިއުޓަރސް އިން 6 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ

ދިވެހި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރ ސާމާނު ވިއްކާ ޕަރސަނަލް ކޮމްޕިއުޓަރސްގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް 6 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއެހީ ހަވާލުވެވަޑައިގަތީ މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ. ޕަރސަނަލް ކޮމްޕިއުޓަރސްގެ ފަރާތުން މިއެހީ ހަވާލުކޮށްދެއްވީ ސީއީއޯ މޫސާ އައްފާނެވެ.

ޕަރސަނަލް ކޮމްޕިއުޓަރސްއިން މައުލޫމާތު ދިން ގޮތުގައި މިއަދު ހަދިޔާކުރި މި ތަކެތީގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ 214 ސްކޫލަކަށް ހަދިޔާކުރި ފޭސް މާސްކާއި 4 ކޮމްޕިއުޓަރ ސިސްޓަމާއި ޑިޖިޓަލް ތާމޯމީޓަރގެ އިތުރުން ސްޕީކަރާއި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަފާތު ސާމާނު ހިމެނެއެވެ.

މިއަދު ހަދިޔާކުރި މިތަކެއްޗަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ސީއެސްއާރްގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށް ޕަރސަނަލް ކޮމްޕިއުޓަރސްއިން މަޢުލޫމާތުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!