ހިޔާ ފްލެޓުތަކުން ވިޔަފާރި ހިންގަން ދޫކުރާ ތަންތަނުގެ ކުލި އާންމުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ އިމާރާތްތަކުގައި ވިޔަފާރި ހިންގަން ދޫކުރާ ޖާގަތަކުން ނަގަން ނިންމާފައިވާ ކުލި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އާންމުކޮށްފި އެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގައި ވިޔަފާރި ކުރުމަށް ދޫކުރާ ޖާގަތަކުގެ ތެރެއިން ކްލިނިކް ހިންގަން ދޭ 2،196.91 އަކަފޫޓުގެ ޖާގައިގެ ޔުނިޓަށް ފުރަތަމަ ދެ އަަހަރު ނަގާނީ އަކަފޫޓަކަށް 15 ރުފިޔާ ކަމަށެވެ. އަދި ތިން ވަނަ އަހަރުން ފެދިގެން ފަސް ވަނަ އަހަރާ ހަމައަށް އެ ޔުނިޓަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ވެސް އަކަފޫޓަކަށް 15 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފާމަސީ ހިންގަން ދޭ 542.39 އަކަފޫޓުގެ ޔުނިޓުގެ އަގަކީ ފުރަތަމަ ދެ އަހަރު، އަކަފޫޓަކަށް 15 ރުފިޔާ ކަމަށާއި ތިން ވަނަ އަހަރުން ފެށިގެން ފަސްވަނަ އަހަރާ ހަމައަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ އިއުލާން ކޮށްފަ އެވެ.

ސުޕަމާކެޓް ހިންގުމަށްޓަކައި ދޫކުރަން އިއުލާނުކޮށްފައިވާ 31،06.89 އަކަފޫޓްގެ ޖާގައިގެ ވެސް ފުރަތަމަ ދެ އަހަރުގެ ކުއްޔަކީ އަކަފޫޓަކަށް 15ރ. އެވެ. އަދި ދެވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށް 30ރ. އެވެ.

މި ހުރިހާ ޖާގައަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފަ އެވެ.

ކްލިނިކް ހިންގަން ދޫކުރާ ޖާގައާއި ފާމަސީ ހިންގަން ދޫކުރާ ޖާގައާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ އެޗްޑީސީން ބުނިގޮތުގައި މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގަ އެވެ. ސުޕަމާކެޓް ހިންގަން ދޫކުރާ ޖާގައިގެ މައުލޫމާތު ދޭނީ މި މަހުގެ 29 ވަަނަ ދުވަހު މެންދުރުފަހު 2:00 ގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!