75 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް އޮރިޔާން ކާޑު އުފެއްދި މީހަކު ހައްޔަރުކޮށްފި

ލ.ގަމުގައި އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް އޮރިޔާން ކާޑު އުފެއްދި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 75 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް އޮރިޔާން ކާޑު އުފައްދާފައިވާ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!