ޑިސެމްބަރު މަހުގެ މިހާތަނަށް އިންޑިއާއިން 12000 ފަތުރުވެރިން އަތުވެއްޖެ

މި ޑިސެމްބަރު މަހުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12،000އަށް ވުރެ މައްޗަށް އަރައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ، ޖެނެރަލް މެނޭޖަރ، ޓަރމިނަލް އޮޕަރޭޝަންސް އިބްރާހީމް ހުސައިން ވިދާޅުވީ، މި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން 12،616 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ.

އިބްރާހީމް ހުސައިން ވިދާޅުވީ، ކޮވިޑް-19 އާގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވިފަހުން، ދުވަހުން ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުންދާ ކަމަށެވެ.

ހޯމަ ދުވަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 3،464ގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!