ސަލްމާންގެ ކުރިޔަށް އޮތް ފިލްމް އަންތިމްގެ ޓީޒާ ދައްކާލައިފި

ސަލްމާން ޙާންގެ ކުރިޔަށް އޮތް ފިލްމް “އަންތިމް: ދަ ފައިނަލް ޓުރުތު” ގެ ޓީޒާ ދައްކާލައިފިއެވެ.

“އަންތިމް” އަކީ ސަލްމާން ޚާނާއި އޭނާގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް ޝަރުމާ އެކީގައި ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ފިލްމުން ސަލްމާން ފެނިގެން ދާނީ ފަގުޑި އެޅި ފުލުހެއްގެ ގޮތުގައެވެ. އަދި އާޔޫޝް ފެނިގެންދާނީ ގޭންގްސްޓާރެއްގެ ގޮތުގައިއެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ޝޫޓިން ފެށި “އަންތިމް” ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

“އަންތިމް” އަކީ 2018 ގައި ރިލީޒްކުރި “މުލްޝީ ޕެޓާން” އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. “އަންތިމް” ޑައިރެކްޓްކުރަނީ މަހޭޝް މަންޖްރޭކަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!