ކައިވެންޏަށް އެއްމަސް ފުރުމާއި ގުޅިގެން އަނަސްގެ ފަރާތުން ސަނާ އަށް ހާއްސަ ހަދިޔާއެއް!

ސަނާ ހާން އައި މުފްތީ އަނަސް ސައީދު ގެ ކައިވެންޏަށް އެއްމަސް ފުރުމުގެ މުނާސަބަތުގައި، އަނަސް ގެ ފަރާތުން ބްރޭންޑް ނިއު އައިފޯނެއް ވަނީ ހަދިޔާ ކޮށްފައިއެވެ.

ސަނާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި މި ފޯނު ފޮށިންނަގަމުން ކުޑަ ވީޑިއޯ ކޮޅެއް ހިއްސާކޮށްފައިއެވެ. އަދި މި ދިން ހަދިޔާއަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައިއެވެ.

ބައެއް ރިޕޯޓް ތަށް ބުނާގޮތުގައި ސަނާ ހާން، އަނަސް އާއި ކައިވެނި ކުރުމަށް ނިންމީ ލޮކްޑައުންގައި މަސައްކަތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ސަނާ ހާން މި ވާހަކަތަށް ދޮގުކުރެއެވެ. ޓައިމްސް އޮފް އިންޑިއާށް މި ފަހުން ދިން އިންޓަވިއުއެއްގައި ސަނާ ބުނެފައިވާ ގޮތުގައި އަނަސް އާއީ ކައިވެނި ކުރުމަކީ އެއްރޭން ނިންމި ނިންމުމެއް ނޫންކަމަށް ބުނެފައިވެއެވެ.

މި ދެމަފިރިން ހަނީމޫން އަށް ގޮސްފައިވަނީ ކަޝްމީރްއަށެވެ. އަދި މި ދެމަފިރިން ހޭދަކޮށްފައިވާ އުފާވެރި ވަގުތުތަށް ސަނާ ވަނީ އިންސްޓަގްރާމުގައި ހިއްސާވެސް ކޮށްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!