ވިލިމާލޭގައި ޕާކެއް ތަރައްގީ ކުރަނީ

ވިލިމާލޭގައި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ އެސްޓީއޯ ޕާކް އަދި ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރާނީ ވިލިމާލޭގައި ޕާކު ތަރައްގީކުރުމަށް ކަމަށެވެ. ނަމަވެސް ޕާކް ތަރައްގީ ކުރާނީ ކޮން ސަރަހައްދެއްގައި ކަމެއް ޝިފާ ވަނީ ވިދާޅުވެފައެއް ނުވެއެވެ.

އަލަށް ހުޅުވި ޕާކު ސަރަހައްދާއި ބަސް ޓާމިނަލް ކައިރީގައި ސައިކަލު ޕާކު ކުރެވޭނެ ޖާގައެއްވެސް ވަނީ ތަރައްގީކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ މާލޭގައި ޕާކު ކުރުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި މިފަދަ އެތައް ޕާކިން ސަރަހައްދުތަކެއް ތަރައްގީ ކޮށްފައިވާނެ ކަމަށެވެ.

އެރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްކެވި ވާހަކާގައި ވިދާޅުވީ އައުޓްޑޯ ޖިމް ޕާކާއި ބަސް ޓާމިނަލްގެ މަސައްކަތް ކުރުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ލަފަޔާއި އިރުޝާދު ދެއްވި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!