އެކެއް ފެބްރުއަރީ ގައި ހިނގާދިޔަ ކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ: އާދަމް ޝަރީފް

2018 ވަނަ އަހރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅޭ ކަންކަން ފުރިހަމައަށް ބަލާ ފިޔަވަޅު އަޅަންޖޭހެ ކަމަށް ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ދެ ގާޒީން ހައްޔަރު ކުރިކަމަށް ބުނާ މައްސަލަ ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވުމުން، އެފަދަ ގޮތަކަށް ގާޒީން ހައްޔަރުކޮށްފައި ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ދެއްވި ރަށްދައް ތާއީދުކުރައްވަމުންނެވެ. 

އާދްމް ޝަރީފް ކުރެއްވި ޓުއީޓުގައި ވިދާޅުވީ، ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާ ވެދާނެ ގޮތަކަށް، ހާއްސަކޮށް ޖުޑިޝަރީ މެދުވެރިކޮށް، ކަންކަން ކުރިޔަ ނުދިނުމައްޓަކައި، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރޭވި ބަގާވާތުގެ އަޑީގައި ތިބި މީހުންނާއި، އެކަމަށް ފައިސާ ހަރަދު ކުރި މީހުންގެ އިތުރުން އެކަމަށް ވާގިވެރިވި ފަރާތްތަކުގެ ފުރިހަމަ ތަހުގީގެއް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!