އައްޑޫގައި އަލުން ގާމަންޓް ފެކްޓަރީއެއް ގާއިމުކުރަނީ

މީގެ އަހަރުތަކެއް ކުރިން ގާމަންޓް ފެކްޓަރީތަކެއް ހިންގި އައްޑޫގައި އަލުން އެފަދަ ފެކްޓަރީއެއް ގާއިމުކުރަން ނިންމައި، އެކަމާ ގުޅޭ ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.

 ކޮންސަލްޓަންސީ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ހޯމަ ދުވަހާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފައިވެއެވެ. ރަޖިސްޓްރީކުރެވޭ ލިންކަކީ https://tinyurl.com/y7t7ggzr

މި މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން ހޯމަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވުމަށްފަހު، ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ބީީސީސީ އިން ބުނެއެވެ. އަދި އެ ކޯޕަރޭޝަނުން ބުނީ  ކޮންސަލްޓަންޓަކު ހޮވުމުގައި އެންމެ ބޮޑަށް ބަލާނީ މަސައްކަތަށް ހުށަހަޅާ އަގާއި ދާއިރާ އިން ލިބިފައިވާ ތައުމީލާއި ތަޖުރިބާއަށް ކަމަށެވެ.

އައްޑޫ ގަމުގައި 1990 ހިސާބުގައި ސްރީ ލަންކާގެ ކުންފުނިތަކުން ގާމަންޓް ފެކްޓަރީތަކެއް ހިންގިއެވެ. އެ ދުވަސްވަރު އެ މަސައްކަތުގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތިޔާގިވެ، އައްޑޫގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް ވެސް އައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!