ރީތީގެ ރާނީ ވެސް މިއުޅެނީ ރާއްޖޭގަ!

2017 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލްކުރި މަނޫޝީ ޗިލާރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އިންޑިއާއަށް ނިސްބަތްވާ މަނޫޝީ، 23، ވަނީ އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި އެ ފޮޓޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އެގޮތުން މަނޫޝީ ވަނީ ޖެޓްސްކީ ދުއްވަން އިން ފޮޓޯއެއްގެ އިތުރުން ބިކިނީ ލައިގެން މޫދު ކައިރީގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

މަނޫޝީ މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އެގޮތުން އޭނާގެ ފުރަތަމަ ފިލްމަކީ އަކްޝޭ ކުމާރާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ތާރީހީ ފިލްމު “ޕްރިތުވީރާޖް” އެވެ. އެ ފިލްމުގެ ޝޫޓިން ލޮކްޑައުންއާ ހެދި ހުއްޓިފައި އޮތުމަށް ފަހު، އަލުން ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!