ބަނޑާ ހެދި އަނުޝްކާއަށް ނުވެގެން އުޅޭ ކަމަކީ މިއީ!

އިންސްޓަގްރާމްގައި އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބޭ ބޮލީވުޑްގެ އެއް ބަތަލާ އަނުޝްކާ ޝަރްމާ، ދާދިފަހުން ހިއްސާކުރި ޕޯސްޓަކަށް ސަމާލުކަން ލިބިއްޖެއެވެ.

2 މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައިވާ އެ ފޮޓޯއަކީ އަނުޝްކާ މާބަނޑުވުމުގެ ކުރިން ނަގާފައިވާ “ތްރޯބެކް” ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ 32 އަހަރުގެ ބަތަލާ ގޮނޑިއަކަށް ދެފައި އަރުވައިގެން ވަރަށް ހެވިފައި އިނދެ ކޮންމެވެސް އެއްޗެއް ކާ މަންޒަރެވެ. އެއާއެކު ކެޕްޝަންގައި ލިޔެފައިވަނީ، މިހާރު ބަނޑާހެދި އެގޮތަށް ނުވެސް އިށީނދެވޭ ކަމަށެވެ.

އަނުޝްކާ ޝަރްމާ މާބަނޑުކަން އިޢުލާނުކޮށް ހިއްސާކުރި ފޮޓޯއަށްވެސް ވަނީ އާދަޔާޚިލާފަށް ގިނަ ލައިކު ލިބިފައެވެ. އަދި ފޭނުން އަންނަނީ އަނުޝްކާއާއި ވިރާޓް ކޯލީގެ އަލަތު ދަރިފުޅު ބަލައިލާ ހިތުން އިންތިޒާރުކުރަމުންނެވެ. އަނުޝްކާ ހާމަކުރިގޮތުގައި، ދަރިފުޅު ދުނިޔެއަށް އަންނާނީ އަންނަ ޖެނުއަރީ މަހުގައެވެ.

ބަލިވެއިނދެ ވެސް އަނުޝްކާ އަންނަނީ ފިލްމުތަކުގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. އަދި ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި، ވިހެއުމަށްފަހު ވެސް މަސައްކަތަށް ނުކުންނާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!