ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ކުރިނބީއަށް އައުޓްޑޯ ޖިމެއް

ބޭންކް އޮފް މޯލްޑިވްސް ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ހދ. ކުރިނބީގައި އައުޓްޑޯ ޖިމް އެއް ގާއިމްކޮށްފިއެވެ.

ހދ. ކުރިނބީގައި ހުޅުވި މި ޖިމް އަކީ ކުރިނބީގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވި ޖިމްއެކެވެ.

މި ޖިމް އަޅާފައިވަނީ ކުރިނބީގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައެވެ. ކަސްރަތު ކުރުމަށް ތަފާތު 7 އައުޓްޑޯ އިކުއިޕްމަންޓްއެއް މި ޖިމްގައި ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން 3 މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެއްޗެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގްބަލުގައިވެސް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކަކަށް ވުމަކީ މުހިންމުކަމެއްކަމަށެވެ. މި ޖިމަކީ ކުރިނބީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

“ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގްބަލުގައިވެސް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކަކަށް ވުމަކީ މުހިންމުކަމެއް. ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ކުރިނބީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް. ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން.” މުހައްމަދު ސައީދު ވިދާޅުވިއެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އާދަމް ޝަޒީމް ވިދާޅުވީ، ކުރިނބީގައި ކަސްރަތު ކުރުމަށް ސަރަހައްދެއް ގާއިމްވެފައި ނުވާތީ ގިނަފަރާތަކަށް ކަސްރަތު ކުރުން އުނދަގޫވެފައިވާކަމަށެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ހިތުގެ ބަލި، ޑައިބެޓިކްސް، ޕްރެޝަރު މަތިވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަދި އަމިއްލައަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް ރައްޔިތުންނަށް އެހީތެރިވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!