ބޮލީވުޑްގައި އަރަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ އުފަންދުވަހު، އެމެރިކާގެ މަޝްހޫރު ފެޝަން އައިކޮން ކައިލީ ޖެނާ ތަހުނިޔާ ކިއީ ކަން ހާމަވެއްޖެއެވެ.
ކޮސްމެޓިކްސް ވިޔަފާރިވެރިޔާ އަދި މީސްމީޑިއާ އިންފްލުއެންސާ ކައިލީ، ޖާންވީގެ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވަނީ ވީޑިއޯއެއް މެދުވެރިކޮށެވެ. އަދި މިކަން ފޭނުންނަށް އެނގިގެންދިޔައީ ނެޓްފްލިކްސް އިން ނޮވެމްބަރު 27 ގައި ސްޓްރީމްކުރަން ފެށި “ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް” ގެ އެޕިސޯޑެއްގައި ޖާންވީ ބައިވެރިވެ އެ ވީޑިއޯ ދައްކައިލުމުންނެވެ.
ޖާންވީއާއި ކައިލީ އަކީ އެއް އުމުރުފުރައެއްގެ ދެމީހުންނެވެ. އަދި ކައިލީ ޖާންވީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި ވީޑިއޯ ފޮނުވާފައިވަނީ މިދިޔަ އަހަރެވެ. ނަމަވެސް ޖާންވީ އޭރު އެކަން މީސްމީޑިއާއަށް ހާމަނުކޮށް ހުރެ، އެކަން ހިއްސާކުރީ “ފެބިއުލަސް ލައިވްސް” ގައި އެކަންޏެވެ.
ޖާންވީއަށް ތަހުނިޔާ ކިޔަމުން ކައިލީ ފޮނުވި ވީޑިއޯގައި ބުނީ އޭނާދެކެ ވަރަށް ލޯބިވާ ކަމަށެވެ. ނަމަވެސް ޖާންވީއާއި ކައިލީ އެކަކު އަނެކަކާ އެކުވެރިވީ ކިހިނެއް ކަމެއް ސާފެއް ނޫނެވެ.
ޖާންވީ ކަޕޫރާއި އޭނާގެ ކޮއްކޮ ޚުޝީ ކަޕޫރު، ގިނަ ބަޔަކު ސިފަކުރަނީ އިންޑިއާގެ ކައިލީ އަދި ކެންޑަލް ޖެނާގެ ގޮތުގައި ކަން ފާހަގަކޮށްލެވެއެވެ.