ރުބީނާއާއި އަބިނަވްގެ ކައިވެންޏާ ބެހޭ ބޮޑު ސިއްރެއް ހާމަކުރުމުން ފޭނުންނަށް ހައިރާންކަން!

ކަލާޒް ޗެނަލުން ގެނެސްދޭ “ބިގް ބޮސް 14” ގައި މި ހަފްތާގައި 4 ފައިނަލިސްޓުން ހޮވުމަށް ކުރިއަށް ގެންދިޔަ ޓާސްކުގައި އެ ޝޯގެ ބައިވެރިޔާ މަޝްހޫރު ޓީވީ އެކްޓްރެސް ރުބީނާ ދިލެއިކް، އޭނާއާއި އަބިނަވް ޝުކްލާގެ ކައިވެންޏާ ބެހޭގޮތުން ހިއްސާކުރި ބޮޑު ސިއްރުގެ ސަބަބުން ފޭނުންނަށް ހައިރާންކަން ލިބިއްޖެއެވެ.

ފައިނަލިސްޓުގެ ޖާގަ ކަށަވަރު ކުރުމަށް ބިގް ބޮސް ދިން ޓާސްކަކީ، ކޮންމެ ބައިވެރިޔަކު ވެސް އެމީހެއްގެ ހަޔާތުގެ ބޮޑު ސިއްރެއް ބެލުންތެރިންނަށާއި ގޭގެ ބައިވެރިންނަށް ހާމަކުރުމެވެ. އަދި އޭގެތެރެއިން ބައިވެރިންނަށް ފެންނަ އެންމެ ބޮޑު ސިއްރު ހާމަކުރި މީހާއަށް “އިމިއުނިޓީ ސްޓޯން” ލިބޭނެއެވެ.

އެގޮތުން ރުބީނާ ހިއްސާކުރި ސިއްރަކީ، އޭނާގެ ކައިވެނީގައި މައްސަލަ ޖެހިފައިވާ ކަމަށާއި، އަބިނަވް އާ ދެމީހުން ވަރިވާން ނިންމައިގެން ތިބި ކަމަށެވެ. އަދި އެއީ “ބިގް ބޮސް” އަށް އައުމުގެ ކުރިން ދެމީހުން ނިންމާފައި އޮތް ކަމެއް ކަމަށް ބުނަމުން ބުނީ، ކައިވެނި ސަލާމަތް ކުރަން ދެމީހުން ވެސް ދެމީހުންނަށް ދީފައިވާ މުއްދަތަކީ ނޮވެމްބަރާ ހަމައަށް ކަމަށެވެ. “ދެމީހުން އެކީގައި ބިގް ބޮސް އަށް އަންނަން ނިންމި ސަބަބަކީ މިއީ” ރުބީނާ ކިޔައިދިނެވެ.

ރުބީނާ ވަނީ އެ ސިއްރު ކިޔައިދިނުމަށްފަހު ވަރަށް ގަދަޔަށް ރޮއެފައެވެ.

“ބިގް ބޮސް 14” ގައި ބައިވެރިވި އިރު ރުބީނާއާއި އަބިނަވްގެ ކައިވެންޏަށް ވީ 6 މަހެވެ. މި ޝޯގެ ކުރިން ދެމީހުން އެކުގައި ތަންތަނަށް ދަތުރު ގޮސް ނަގާފައިވާ ފޮޓޯތަކުން އެމީހުންގެ ފޭނުންނަށް ހީވެފައި އޮތީ އެދެމީހުން އުޅެނީ ވަރަށް ލޯބިން ކަމަށެވެ. ނަމަވެސް ޝޯގައި ދެމީހުންގެ މެދުގައި ދެބަސްވުން ހިނގާތަން ބައެއް ފަހަރު ފެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!