މާދަމާއި ފެށިގެން މަސް ގަންނަ އިރު ވަގުތުން ފައިސާދެނީ

ހޮރައިޒަން ފިޝަރީޒުން ޑިސެމްބަރު މަހު 1ން ފެށިގެން މަސް ގަންނައިރު ވަގުތުން ފައިސާދޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިއަންނަ މަހުން ފެށިގެން އެކުންފުނީގެ ދަށުން ހިންގާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އެކުންފުނީގެ މަސްކިރާ ބޯޓުތަކުން މަސް ގަންނާނީ ފައިސާ ދީގެން ކަމަށެވެ. ނަމަވެސް އަގުތަކަށް ބަދަލެއް ނާންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ހޮރައިޒަން އިން މިވަގުތު މަސް ގަންނަނީ 1.5 ކިލޯއިން މަތީގެ މަސް އައިސް އަޅައިގެން 14ރ. އަށް އަދި އައިސް ނާޅާ 13.00ރ އަށެވެ. އަދި 1.5 ކިލޯއަށް ވުރެ ބަރުދަން ލުއި ވެއްޖެނަމަ، އައިސް އަޅައިގެން 5 ރުފިޔާ 50 ލާރިއަށް، އަދި އައިސް ނާޅާ 5 ރުފިޔާ 15 ލާރިއަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!