އިންޑިއާގެ ސީޕްލޭން ހިދުމަތް ފެށުމަށްޓަކައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިޔަ މޯލްޑިވިއަންގެ ކްރޫން އެނބުރި ރާއްޖެ އަށް މިއަދު އަތުވެއްޖެއެވެ.
މޯލްޑިވިއަން އިން ބުނީ އިންޑިއާގެ ސްޕައިސް ޖެޓުން އެގައުމުގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އަށް ދިޔަ މޯލްޑިވިއަންގެ ކްރޫ މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ކްރޫ ރާއްޖެ އައުމުން އެ އެއާލައިން އިން ވަނީ ކްރޫ އަށް ހާއްސަ މަރުހަބާއެއް ކިޔައިފައެވެ.
އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް ފެށުމަށް ރާއްޖެއިން އެހީ ހޯދާފައިވާއިރު ރާއްޖެއަކީ ސީޕްލޭން ދުއްވުމުގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ގައުމު ކަމުގައި އިންޑިއާގެ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. އެގޮތުން މޯލްޑިވިއަންގެ ހާއްސަ ސީޕްލޭން ފްލައިޓެއް މިދިޔަ އާދިއްތަ ދުވަހު އިންޑިއާ އަށް ވަނީ ގޮސްފައެވެ.