ނިންޖަކީ ތުއްތު ދަރިފުޅު ހެދިބޮޑުވުމުގައި މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެހެން ކަމުން ތުއްތު ދަރިފުޅުގެ ނިދި ތާވަލެއްގެ މަތިން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ކަންތަށް ކުރުމުން ދަރިފުޅަށާއި މަންމަ އަށް ވެސް ފަސޭހަ ވެގެން ދާނެއެވެ.
މި ބަލާލަނީ ތުއްތު ދަރިފުޅު ނިންދާލެވިދާނެ އުކުޅުތަކަށެވެ.
ގަޑީ ހަމަޖެއްސުން
ވަކި ގަޑިތަކެއްގައި ތުއްތު ދަރިފުޅު ނިންދެވުމަށް އާދަކުރުމަކީ ދަރިފުޅުގެ ނިދި ތަނގަޅު ގޮތެއްގައި ހިފެހެއްޓުމަށް ކުރެވިދާނެ އެއްކަމެވެ.
ނިދި އަންނާނެ ފަދަ ގޮތަކަށް ކޮޓަރި ތައްޔާރު ކުރުން
އަލި މަޑު ކުރުމާއި ފިނިހޫނު މިން ރަނގަޅު މިންވަރެއްގައި ބެހެއްޓުމަކީ ވެސް ތުއްތު ދަރިފުޅު ގެ ދި އައުމަށް މުހިންމު ކަމެކެވެ. މިހެން ވުމުގެ ސަބަބުން ދަރިފުޅަށް ނިދާ ގަޑި ޖެހުނީ ކަމުގެ އިހުސާސް ކުރެވި އާދަ ވާނެއެވެ.
ކާން ދިނުން
ނިދުމުގެ ކުރިން ދަރިފުޅު ރަނގަޅަން ބަނޑު ފުރާ ކާންދޭށެވެ. މިގޮތަށް ކާން ދިނުމުގެ ސަބަބުން ދަރިފުޅަށް އަރާމު ނިންޖެއް ލިބުމުގެ އިތުރުން ހޭނުލާ ގިނަ ވަގުތު ނިދުމުގެ ފުރުސަތު ވެސް ލިބިގެން ދެއެވެ.
ނެޕީ ބަދަލު ކުރުން
ސާފު ނެޕީ އަކީ ހަމަ ޖެހިލައިގެން ނިދުމަށް ތުއްތު ދަރިފުޅަށް އެހީވާ ކަމެކެވެ. ސަބަބަކީ ފޯވެފައި އޮންނަ ނެޕީގެ ސަބަބުން ތުއްތު ދަރިފުޅުގެ ނިދުން ހަރާބުވެއެވެ. އެހެން ކަމުން ނިދަން ބޭއްވުމުގެކުރިން ނެޕީ ބަދަލު ކޮށްލާށެވެ. ތުއްތު ދަރިފުޅުގެ ނެޕީ ކޮންމެ 3 ގަޑިއަކުން ބަދަލުކުން ވެސް ބުއްދިވެރިއެވެ.
ނިދި އައީމަ ނިންދެވުން
ނިދި އައުމުގެ ކުރިން ނިންދަވަން އުޅުމަކީ ދަރިފުޅުގެ ހަލާކުވާ ކަމެކެވެ. ނަމަވެސް ނިދި އަންނަންދެން މަޑުކޮށްލުމަކީ ކުއްޖާގެ ނިދި ދެމެހެއްޓެނިވި ގޮތެއްގަައި ނިދި ރަނގަޅަށް ހިފެހެއްޓެނެ ގޮތެކެވެ.
ވީމާ ދަރިފުޅު ނުނިދާ ބޮޑަހާކަނީ ކަމުގައިވަނީ ނަމަ މިކަންކަން ކޮއްލައި ބަލާލުން ރަނގަޅެވެ. މި ކަންކަމުގެ ސަބަބުން ތުއްތު ދަރިފުޅުގެ ނިދުމަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެއެވެ.