ބީއެމްއެލުން ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރު ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މުޖުތަމަޢަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފިއެވެ

މިއީ އެ ހިޔާގައި ތިބި ދަރވަރުން އޮންލައިންކޮށް ކިޔެވުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަމުންދާ މަސައްކަތުގެ ދަށުން އެ ހިޔާއަށް ހަދިޔާކުރެވުނު ކޮމްޕިއުޓަރު ތަކެކެވެ.

މިކަމާ ބެހޭގޮތުން ބީއެމްއެލްގެ މެނޭޖަރ އޮފް ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް މި ތަކެތި ހަދިޔާކުރެވޭ ކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ކޮމްޕިއުޓަރުތައް ހަދިޔާ ކުރެވިފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ސްކޫލްތަކުންއޮންލައިކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމާ ގުޅިގެން ހިޔާގައިތިބި ދަރިވަރުންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

މިއަހަރު ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 10 ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!