މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ރިފާޢު(ބޮޗޭ) އަލުން ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮޗޭ ޕީޕީއެމް އަށް ސޮއިކުރެއްވިއިރު، އެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ޕީޕީއެމް ދޫކޮށްލުމަށްފަހު ބޮޗޭ މިހާތަނަށް ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ނައިބު ލީޑަރުގެ މަގާމުގައެވެ.