ފޮޓޯ: ދަ ޕްރެސް

ޔާމީންގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ އާ ދެ ދައުވާގެ އަޑުއެހުން މާދަމާ ފެށުމަށް ތާވަލްކޮށްފި އެވެ.

މި ދައުވާގެ ފުރަތަމަ އަޑުއެހުން މިމަހުގެ 18 ވަަނަ ދުވަހަށް ތާވަލް ކުރި އެވެ. އެހެން ނަމަވެސް އެ ދުވަހު މޫސުން ގޯސްވުމާއި ގުޅިގެންނާއި ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ދަތުރުކުރެއްވުމަށް އުޒުރުވެރިވާތީ ޝަރީއަތް ކެންސަލް ކޮށްދެއްވަން އެދިވަޑައިގަތެވެ. އެހެން ކަމުން ކުރިމިނަލް ކޯޓުން ވަނީ އެދުވަހުގެ ޝަރީއަތް ކެންސަލް ކުރުމަށްފަހު މާދަމާ އަށް ތާވަލް ކޮށްފަ އެވެ. މިއަޑު އެހުން އޮންނާނީ މާދަމާ ހެނދުނު 10:00 ގަ އެވެ.

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއެކެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މި އަަހަރުގެ އޮގަސްޓް 16 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންއަށް ޤާނޫނީ ވަކީލުންނާ ”ސީދާ“ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިދީފައި ނުވާތީ އެކަން ހަމަޖައްސާ ދެއްވުމަށް އެ މަނިކުފާނުގެ ފަރާތުން އެދިލައްވާފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!