އާމިރު ޚާންގެ ދަރިފުޅަށް ލޯބިވެވުނީ ބައްޕަގެ ފިޓްނެސް ކޯޗުދެކެ!

ބޮލީވުޑްގެ މަޝްހޫރު އަދި ކުޅަދާނަ އެކްޓަރު އާމިރު ޚާންގެ ދޮށީ އަންހެން ދަރިފުޅު އީރާ ޚާންގެ ނަން އަންނަނީ ދޭތެރެދޭތެރެއިން މީޑިއާތަކުގެ ސުރުޚީއިން ޖާގަ ހޯދަމުންނެވެ. އެގޮތުން މިފަހަރު އީރާއަށް ސަމާލުކަން ލިބިފައި މިވަނީ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެއްގެ ސަބަބުންނެވެ.

‘ބޮލީވުޑް ލައިފް’ އިން ރިޕޯޓުކުރާ ގޮތުގައި، އީރާ މިހާރު ރައްޓެހިވެގެން އުޅެނީ ބައްޕަ އާމިރު ޚާންގެ ފިޓްނެސް ކޯޗް ނުޕުރް ޝިކާރޭ އާއެވެ. އަދި އެދެމީހުންގެ ގުޅުން ބަދަހިވެފައި ވަނީ މިދިޔަ ލޮކްޑައުން ތެރޭގައި އީރާ ހަށިގަނޑަށް ބަދަލުގެންނަން ވެގެން ނުޕުރްގެ އެހީ ހޯދުމުގެ ތެރެއިންނެވެ. އަދި މިހާރު އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 6 މަސް ވެފައިވާނެ ކަމަށާއި، އީރާ އޭނާގެ މަންމަ ރީނާ ދައްތާއަށް ވެސް ނުޕުރް ތަޢާރަފް ކޮށްދީފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

މީގެ އިތުރުން، ދާދިފަހުން އީރާއާއި ނުޕުރް ވަނީ އާމިރު ޚާންގެ ފާމްހައުސްގައި ޗުއްޓީ ހޭދަކޮށްފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި އީރާގެ ރައްޓެހިންނަށް ނުޕުރް ތަޢާރަފް ކޮށްދީ، އެ އެންމެން އެކުގައި ވަގުތު ހޭދަކުރުން ގިނަވެފައިވާ ކަމަށް ބުނެއެވެ. މި ހުރިހާ ކަމަކުން އެނގެނީ އެދެމީހުންގެ ގުޅުން ސީރިއަސް ކަމެވެ.

ނަމަވެސް އީރާއަކީ އޭނާގެ ޒާތީ ދިރިއުޅުން ހިއްސާކުރާ މީހަކަށް ނުވާތީ، މި ޙަބަރު ކަށަވަރެއް ނުވެއެވެ. އެހެނަސް އޭނާގެ ވަޓްއެސްޕްގެ ޑިސްޕްލޭ ޕިކްޗާ އަކީ ނުޕުރް އާ ދެމީހުންގެ ފޮޓޯއެއް ކަމަށް ‘ބޮލީވުޑް ލައިފް’ އިން ބުނެއެވެ. އަދި ނުޕުރްގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އީރާއާއެކު ނަގާފައިވާ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

އީރާ، 23، އަކީ މިހާރު ޑައިރެކްޓަރެކެވެ. އޭނާ ވަނީ މިދިޔަ އަހަރު އޭނާގެ ފުރަތަމަ ޑައިރެކްޝަން އިޢުލާނުކޮށްފައެވެ. އެއީ ތިއެޓްރިކަލް ޑްރާމާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!