Pregnant woman in dress holds hands on belly on a white background.

ބަނޑުގައި އޮންނަ ދަރިފުޅުގެ އިސްތަށިގަނޑު ހެދި ބޮޑުވުމަށް ބަނޑު ބޮޑު ދުވަސްވަރު ކެއުމުގައި މި ތަކެތި ހިމާނާ!

މާބަނޑު ދުވަސް ވަރު، ބަނޑުގައި އޮންނަ ދަރިފުޅުގެ އިސްތަށިގަނޑު ހެދި ބޮޑު ވުމަށް މި ފަސްކާނާ ކެއުމުގެ ތެރޭގައި ހިމެނުން މުހިންމެވެ. އެސްރޮޖަން އަކީ އިސްތަށި ހެދި ބޮޑުވުމަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.

ބިސް

މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ދަރިފުޅު ހެދިބޮޑުވުމަށް ބިހަކީ ވަރަށް މުހިންމު އެއްޗެކެވެ. ބިހަކީ ތުއްތު ދަރިފުޅުގެ އިސްތަށިގަނޑަށާއި ސިއްހަތަށް ވަރަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެން ދާނެ އެއްޗެކެވެ. އެހެން ކަމުން ދުވަހުގެ ކޮންމެސް އެއް ގަޑިއެއް ގައި ބިހެއް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނަޓްސް

އާންމު އިންސާނަކަށް ވެސް ނަޓްސް އިން ގިނަގުނަ ފައިދާ ކުރެއެވެ. ވަކިން ހާއްސަ ކޮށް މާ ބަނޑު އިރު ނަޓްސް ކެއުމަށް ބާރު އަޅައެވެ. ސަބަބަކީ ތަފާތު ވައްތަރުގެ ނަޓްސް އިން ލިބޭ ފައިދާގެ ބޮޑުކަމުންނެވެ. ނަޓްސް ގައި ނިއުޓްރިޝަން ގެ އިތުރުން ތުއްތު ދަރިފުޅުގެ އިސްތަށި ގަނޑަށް ބޭނުންވާ ވިޓަމިންސް ހުރެއެވެ.

މަސް

މަހަކީ އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. ނަމަވެސް ބަނޑުބޮޑު ދުވަސްވަރު ކޮންމެ ކޮންމެ ކަހަލަ މަހެއް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެން ކަމުން ބަނޑު ބޮޑު ދުވަސްވަރު މަސް ބޭނުން ކުރާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން ރަނގަޅެވެ.

އެވަކާޑޯ

މީ ވިޓަމިން ބީ އާއި އީ އިން ފުރިފައިވާ މޭވާ އެކެވެ. ވިޓަމިން ބީ އަދި އީ އަކީ އިސްތަށިގަޑު ހެދި ބޮޑު ވުމުގައި ވަރަށް ގިނަ ފައިދާތަކެއް ކުރާ މާއްދާއެކެވެ. މީ އިސްތަށި ފައިބާނަމަ ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ.

ކައްޓަލަ

ކައްޓަލަ (ސުވީޓް ޕޮޓޭޓޯ) އަކީ ސިއްހަތަށް ގިނަ ގުނަ ގޮތަކަކަށް ފައިދާ ކޮށްދޭ އެއްޗެކެވެ. އަދި ތުއްތު ދަރިފުޅުގެ އިސްތަށިގަނޑަށްވެސް ފައިދާ ބޮޑު އެއްޗެކެވެ. އެހެން ކަމުން މާބަނޑު އިރު ކައްޓަލަ ބޭނުން ކުރުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ އިސްތަށިގަނޑު ހެދި ބޮޑުވުމަށް އެހީ އަކަށް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!