ވެބް ސީރީޒަށް ކަޕިލް 11 ކިލޯ ލުއިކޮށްފި

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ސޮއިކޮށްފައިވާ އޭނާ ފުރަތަމަ ވެބް ސީރީޒަށް ތައްޔާރުވުމުގެ ގޮތުން 11 ކިލޯ ލުއިކޮށްފައިވާ ކަމަށް ބުނެފިއެވެ.

މިކަން ކަޕިލް ހިއްސާކުރީ މިިދިޔަ ހަފުތާގައި ގެނެސްދިން ސޮނީ ޓީވީގެ “ދަ ކަޕިލް ޝަރުމާ ޝޯ” ގައި ގޯވިންދާ ބައިވެރިވި އެޕިސޯޑްގެ ޝޫޓިންގެ ތެރެއިންނެވެ. އޭގެ ވީޑިއޯ މީސްމީޑިއާގައި އާންމުވެފައެވެ.

އެގޮތުން ބަރުދަން ލުއިކުރި ވާހަކަ ގޯވިންދާ ކައިރީގައި ކަޕިލް ބުނުމުން، އަރްޗަނާ ޕުރާން ސިންގް ކިތައް ކިލޯ ލުއިކުރިތޯ އެހުމުން ކަޕިލް ބުނީ 11 ކިލޯ ކަމަށެވެ. އޭނާ ބުނީ ބަރުދަން ލުއިކުރަން ފެށި އިރު ހުރީ 92 ކިލޯ ކަމަށާއި މިހާރުގެ ބަރުދަނަކީ 81 ކިލޯ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގޯވިންދާ ބުނީ ކަޕިލް އަކީ ރޮކްސްޓާއެއް ކަމަށެވެ.

ނަމަވެސް ކަޕިލްގެ އަލަތު ވެބް ސީރީޒާ ބެހޭގޮތުން މިހާތަނަށް އެނގޭހާ ވެސް އެއްޗަކީ އެއީ ސޮނީ އެންޓަޓައިންމަންޓްގެ ޑިޖިޓަލް ޕްލެޓް ސޮނީ ލިވް އިން ހަދާ އެއްޗެއް ކަމެވެ. އެއަށްވުރެ އިތުރު ތަފްސީލެއް އެއްވެސް މީޑިއާއަކާ ހިއްސާކޮށްފައެއް ނުވެއެވެ. އެހެންކަމުން ކަޕިލް ބަރުދަން ލުއިކުރީ ކޮން ކެރެކްޓާއެއް ކުޅެން ކަމެއް އަދި ސާފެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!