ކޮމީޑިޔަން ބާރްތީ އާއި ފިރިމީހާ ހާރްޝް ހައްޔަރުކޮށްފި

ގިނަ ބައެއްގެ ލޯބި ލިބިފައިވާ، ގިނަ ބަޔަކު ހެއްވާލުމުގެ ކުޅަދާނަކަން ލިބިފައިވާ ހިންދީ ޓީވީއިން ބެލުންތެރިންގެ އެންމެ މަޤްބޫލު އަންހެން ކޮމީޑިޔަން ބާރްތީ ސިންހް އާއި ފިރިމީހާ ހާރްޝް ލިމްބާޗިޔާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ބާރްތީ އާއި ހާރްޝް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް މިއަދު ވަނީ ހާޒިރުކޮށްފައެވެ. އެ ދެ މީހުން އެންސީބީއަށް ހާޒިރުކޮށްފައި ވަނީ، އެ މީހުން ދިރިއުޅެމުންދާ ގެ ބަލާ ފާސް ކުރުމުގެ ތެރެއިން އެ ގެއިން 86ގްރާމްގެ ކެނެބިސް ފެނިގެންނެވެ.

އެންސީބީގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ގެއިން ކެނެބިސް ފެނުމާއި ގުޅިގެން އެދެމަފިރިން ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެސް ވެފައެވެ. އެއަށްފަހު ބާރްތީ ވަނީ ހައްޔަރު ކޮށްފައެވެ. އަދި ހާރްޝްގެ ތަހުގީގު އަދިވެސް ދަނީ ކުރިޔަށެވެ.

އެންސީބިން ބާރްތީ އާއި ހާރްޝް ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވަނީ، ޑްރަގް ސަޕްލައި ކޮށްދޭ ބަޔަކު ހުކުރު ދުވަހު ހައްޔަރު ކުރުމާއި ގުޅިގެން އެމީހުން ދިން މައުލޫމާތެއްގެ މައްޗަށެވެ.

ކާމިޔާބު ކޮމޭޑިއަން ބާރްތީ ވަނީ މަޝްހޫރު ޝޯ، “ދަ ކަޕިލް ޝަރްމާ ޝޯ” އާއި “ކޮމެޑީ ނައިޓް ބަޗާއޯ” އާއި “ކޮމެޑީ ކްލާސަސް”, “އިންޑިއާސް ގޮޓް ޓެލެންޓް”އާއި “އިންޑިއާސް ބެސްޓް ޑާންސާ” ފަދަ ޝޯތައް ހުށަހަޅާއިދީ އަދި ބައިވެރިވެ އޭނާގެ ކުޅަދާނަ ހުނަރު ދައްކާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!