ތައިމޫރު ވާނީ ޔަގީނުންވެސް އެކްޓަރަކަށް: ސައިފް

މީޑިއާތަކުގެ ސަމާލުކަން ލިބި މަޝްހޫރުވެފައިވާ ބޮލީވުޑް “ސްޓާ ކިޑް” ތައިމޫރު އަލީ ޚާން ބޮޑުވެގެން ވާނީ އެކްޓަރަކަށް ކަމަށް އޭނާގެ ބައްޕަ ސައިފް އަލީ ޚާން ބުނެފިއެވެ.

ސައިފް މިހެން ބުނެފައިވަނީ “ފީލްސް ގުޑް ވިތު ޖެކްލިން ފެނަންޑެޒް އެންޑް އަމަންޑާ ސެރްނީ” ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ސައިފް ބުނީ އޭނާގެ މަންމަ ފަރާތު ޚާންދާނަކީ ހުސް ފަންނާނުން ހިމެނޭ ޚާންދާނެއް ކަމަށާއި، އެ ގޮތުގައި ދެމިހުންނަން އުއްމީދުކުރާ ކަމަށެވެ. ހަމައެހެންމެ، އޭނާގެ އަންހެނުން ކަރީނާ ކަޕޫރާއި، ކުރީގެ އަންހެނުން އަމްރިތާ ސިންގަކީ ވެސް ފިލްމީ ތަރިންނަށް ވުމުން އެމީހުންގެ ދަރިން ވެސް އެ ފިޔަވަޅުތަކުން ކުރިއަށްދާން ޝައުގު ހުންނާނެ ކަމަށް ދެކޭ ކަމަށެވެ.

“އަހަރެންގެ ދޮށީ ދެދަރިން ސާރާ އަލީ ޚާނާއި އިބްރާހިމް އަލީ ޚާން ވެސް ޝައުގު ހުރީ ފިލްމީ ދާއިރާއަށް. އެހެންވީމަ ޔަގީނުން ވެސް ތައިމޫރު ވާނީ އެކްޓަރަކަށް”، އަމަންޑާ ކުރި ސުވާލަކަށް ޖަވާބުދެމުން ސައިފް ބުންޏެވެ.

ސައިފް އަލީ ޚާނަކީ ކުރީގެ މަޝްހޫރު ބަތަލާ ޝަރްމީލާ ޓަގޯ ގެ ދަރިއެކެވެ. އަދި ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާނަކީ ވެސް އެކްޓްރެސް އެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!