ކުރީގެ އެކްޓްރެސް ޒައިރާ އެދެނީ އޭނާގެ ފޮޓޯތައް ޝެއާ ނުކުރުމަށް

ކާމިޔާބު ފިލްމް ދަންގަލް އިން ތައާރަފްވި އަދި ޤައުމީ އެވޯޑު ހޯދައިފައިވާ 19 އަހަރުގެ ޒުވާން ބަތަލާ ޒާއިރާ ވަސީމް ދީނާއި ދުރަށް ދެވޭ ކަމުގެ ބިރު ހީވެ ފިލްމީ ދާއިރާ އާއި ދުރަށް ދާން ނިންމައިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ޒާއިރާ ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާއަށް އިންތިހާއަށް ލޯތްބާއި އިހްތިރާމު ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ފޮޓޯތަކާއި ވީޑީއޯތަށް އިންޓަނެޓުން ނެގުމަށާއި އިތުރަށް އެ ޕޯސްޓުތައް ހިއްސާ ނުކުރުމަށް އޭނާ ވަނީ އެދިފައެވެ.

ޒައިރާ ބުނީ އޭނާގެ ފޮޓޯތައް އިންޓަނެޓުން އެއްކޮށް ނެގުމަކީ ވާނެ ކަމެއް ނޫންކަން އޭނާއަށް ވިސްނޭ ކަމަށެވެ. އެހެންނަމަވެސް އެ ފޮޓޯތައް ވީހާވެސް މަދުކޮށްދިނުމަށް އެހީތެރިވުމަށް އޭނާ ވަނީ އެދިފައެވެ.

ޒައިރާ މީގެ ކުރިން ބުނެފައިވަނީ ބޮލީވުޑަށް ވަނުމުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ކަމަށާއި އޭނާއަށް ލޯތްބާއި އިހްތިރާމު ލިބުނު ނަމަވެސް، ދީނާއި މަޑުމަޑުން ދުރުވެވެވުން ދިޔަ ކަމަށެވެ.

ޒާއިރާ ބުނީ ދުނިޔޭގައި ކާމިޔާބު ވާނީ، ދުނިޔެއަށް ފޮނުއްވި މަގުސަދު ހާސިލް ކުރުމަށް މަސައްކަތް ކުރުމުން ކަމަށާއި، ވަރަށް ގިނަ މީހުންނަށް އެ މަގުސަދު އޮޅިފައި ނުވަތަ ހަނދާން ނެތިފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!