ކިއާރާގެ އިންދޫކި ޖަވާނީ ޑިސެންބަރުގައި

ކިއާރާ ގެ އެންމެ ފަހުން ކުޅުނު ފިލްމް އިންދޫކީ ޖަވަނީ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ. މި ފިލްމުގައި ފުރަތަމަ ފަހަރަށް ސޯލޯ ކޮށް ކިއާރާ ފެނިގެން ދާނެއެވެ.

މި ފިލްމުގައި ކިއާރާގެ އިތުރުން އަދިއްތިޔާ ސީލް ފެނިގެން ދާނެއެވެ. އަދި ކިއާރާ ގެ ސޯލޯ ޕާފޯމެންސް ބަލާލުމަށް ލިބިގެން ދާނެ ފިލްމެއް ކަމުން ކިއާރާ ހުރީ މި ފިލްމު ރިލީޒް ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ކެތް މަދު ވެފައިއެވެ.

ކިއާރާ ބިލީވުޑް އަށް ތާރަފްވީ 2014 ގައި ފްގްލީ އިންނެވެ. ކިއާރާގެ ފާހަގަ ކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި ކަބީރް ސިންގް އަދި ގުޑް ނިއުސް ފާހަގަ ކުރެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!