ސަނާ ޚާން ކައިވެނިކޮށްފި

މީގެ ދުވަސްކޮޅެއް ކުރިން މުނިފޫހިފިލުވުމުގެ ދާއިރާއާ ދުރުވި އެކްޓްރެސް/މޮޑެލް ސަނާ ޚާން ކައިވެނިކޮށްފިއެވެ.

ސަނާ، 33، ކައިވެނިކޮށްފައިވަނީ މުފްތީ އަނަސް ނަމަކަށް ކިޔާ މީހަކާއެވެ. ހުކުރު ދުވަހުގެ ރޭ ގުޖުރާތުގައި ކުރިއަށްދިޔަ އެ ކައިވެނީގެ ބައެއް ފޮޓޯތައް ވަނީ މީސްމީޑިއާއަށް ތިލަވެފައެވެ. އެގޮތުން ވައިގައި ހިފައިގެން އުޅޭ ފޮޓޯތަކުގައި ސަނާ ފެންނަނީ ހުދު ކުލައިގެ ވެޑިންގ ޑްރެސް އެއް ލައިގެން ހުންނަ މަންޒަރެވެ. އަދި މުފްތީ އަނަސް ވެސް ހެދުން އަޅާފައި ހުރީ މުޅިން ހުދު ކުލައިންނެވެ.

ސަނާ ޚާން ފިލްމީ ދާއިރާއާ ދުރަށްދިޔައީ އިސްލާމް ދީނަށްޓަކައި ކަމަށް އޭރު އޭނާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މީގެފަހުން މުނިފޫހިފިލުވުމުގެ އެއްވެސް ކަމަކަށް އޭނާއަށް ދަޢުވަތު ނުދިނުމަށް އެދިފައިވެއެވެ. މިކަމާ ގުޅިގެން ސަނާގެ ފޭނުންނަށް ކުއްލި ސިހުމެއް ލިބުނަސް، ގިނަ ބަޔަކު ވަނީ ސަނާގެ ނިންމުމަށް ތާއީދުކޮށް، ކާމިޔާބީއަށް އެދިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!