ޗުއްޓީ އަަކަށް ދިއުމަށް ހިތުލައިގެން އުޅޭތާ އެއްތަށް ދުވަހެއް ފަހުން، ރަކުލް ވެސް މިއައީ ރާއްޖެއަށް

ޕެންޑަމިކް ގެ ސަބަބުން ގިނަ ބަޔަކު ތިބީ ޗުއްޓީ ހޭދަކޮށްލުމަށް އެއްވެސް ތަނަކަށް ނުދެވިފައިއެވެ. ރަކުލް ޕްރީތް ސިންގް ވެސް ޗުއްޓީއަކަށް ދިއުމަށް ހިތުލަިއގެން އުޅޭތާ ދުވަސްގަނޑެއް ވެއްޖެއެވެ. އެންމެ ފަހުން ރަކުލް އާއި އޭނާގެ ފެމިލީ މި ވަނީ ޗުއްޓީއަކަށް ގޮސްފައިއެވެ.

މި އާއިލާ ޗުއްޓީ ހެދަކުރަމުން ދަނީ ރާއްޖޭގައިއެވެ. މި ދަތުރުގައި ރަކުލް ގެ މައިންބަފައިންނާއި އޭނާ ގެ ބޭބެ އަމްރް ޕްރީތް ސިންގް ވެސް ބައިވެރިވިއެވެ. މި އާއިލާއިން ޗުއްޓީ ހޭދަކުރަމުން ދަނީ ލަކްސް ރިސޯޓްގައިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މީ ރަކުލްގެ މައިންބަފައިންގެ 31 ވަނަ އެނިވަސަރީ ފާހަގަ ކުރުމަށް ހަދާލާ ކުރު ޗުއްޓީއެކެވެ.

ލޮކްޑައުން އަށް ފަހު ރަކުލް ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މި ފަހުން ރަކުލް ވަނީ މޭ ޑޭ ފާހަގަ ކުރުމަށް ބޭއްވި އިވެއްޓެއްގައި ވެސް ބައިވެރިވެފައިއެވެ. މި އިވެންޓްގައި އަމީތަބް ބަޗަން އަދި އަޖޭ ދޭވްގަން ވެސް ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!