އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމިޓީގެ މެމްބަރަކަށް ލަތީފް

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ޑިވެލޮޮޕްމަންޓް އަދި މާކެޓިން ކޮމެޓީގެ މެމްބަރަކަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އައްޔަންކުރައްވައިފިއެވެ.

އޭޝިއަން ސެންޓްރަލް ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ލަތީފަށް މި މަޤާމް ލިބުނީ މިިމަހުގެ 9 ގައި ބޭއްވި ބޯޑް އޮފް އެޑްމިނިސްޓްރޭޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އެއާއެކު 2023 ގެ ނިޔަލަށް އެ ކޮމެޓީގެ މެމްބަރުކަން ލަތީފު ކުރައްވާނެއެވެ.

އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމެޓީގެ މަސައްކަތްތަކުގެ ތެރޭގައި އޭވީސީގެ އެކްސްކޯ، އަދި ބޯޑު އޮފް އެޑްމިނިސްޓްރޭޝަނާއެކު މާކެޓިންގެ މަސައްކަތްތައް ކުރުމާއި، “ވޯލްޑް ވިޝަން 2008” އާއި އެއްގޮތަށް ވޮލީގެ މާކެޓިން އާއި ގުޅޭ ގޮތްތައް ހޯދައި، ހަރުދަނާކުރާނެ ގޮތްގޮތާއި ޤައުމީ ވޮލީބޯޅަ ފެޑެރޭޝަންތަކާއި ގުޅިގެން ޕްރޮމޯޝަނާއި ހަރަކާތްތައް ބާއްވައި ފުޅާކުރުން ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!