ދިޝާ އާއި އުރުވަޝީ އަށް މި އުޅެނީ އެއް ޕޯސްއެއްގައި ބިކިނީ ފޮޓޯ ނެގިގެންނޯ!

އުރުވަޝީ ރައުޓެއްލާ އާއި ދިޝާ ޕަޓާނީ އަކީ މީސްމީޑީއާގައި މަޝްހޫރު ނަންނަމެވެ. ދިޝާ ވަނީ ރާއްޖޭގައި މޫދު ފެންނަ ގޮތަށް ބިކިނީއެއް ލައިގެންނެވެ. ހަމަ މިފަދަ ގޮތަކަށް އުރުވަޝީ ވެސް މި ވަނީ މީގެ ކުރިން ފޮޓޯ އެއް ނަގާފައިއެވެ.

މި ދެމީހުންގެ ފޭނުން މިހާރު ދަނީ މެ ދެ ތަރިން އަޅާ ކިޔަމުންނެވެ. ބޮލީވުޑްގައި ފެޝަނިސްޓާއިންގެ ގެ ގޮތުގައި މަޝްހޫރު މި ދެރިން ވެސް މީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓީވް ދެ ތަރިންނެވެ.

މި ފޮޓޯތަކަށް ކޮށްފައިވާ ކޮމެންޓްތަކުގައި ގިނަބަޔަކު މިކަން ވަނީ ފާހަގަ ވެސް ކޮށްފައިއެވެ.

ބެލުންތެރިންނަށް ދެން އެންމެ އަވަހަށް ދިޝާގެ ފިލްމަކަށް ފެނިގެން ދާނެކަމަށް ބެލެވެނީ އެކްވިލަން 2 އެވެ. އުރުވަޝީގެ “ބްލެކް ރޯސް” މި ޑިސެމްބަރު މަހަށް ރިލީޒް ކުރުމަށް ވަނީ ތާވަލް ކޮށްފައިއެވެ.

  1. އިސްލާމީ މުޖުތަމަޢަކަށް އެކަށޭނަ ކޮންޓެންޓެއް ކަމުގައި ނުދެކެން… ތި ޚަބަރު ގެނެސްދިނަސް ފޮޓޯ ނުލިނަމަ ނުވަތަ ބްލާރ ކޮއްލިނަމަ ރަނގަޅުވީސް… މީ މަގޭ ވިސްނުން

    3
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!