ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހަދިޔާތަކެއް

މިއަދު ފާހަގަކުރާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ހަދިޔާ ކޮށްފިއެވެ.

ދިރާގުން ބުނީ، އެ ކުންފުނިން ހަދިޔާ ކުރި ތަކެތީގެ ގެތެރޭގައި ކުޑަ ކުދިންގެ ހިޔާއަށް ބޭނުންވާ 23 ކޮމްޕއުޓަރ ޑެސްކާއި، އިތުރު 5 ކޮމްޕީއުޓަރ ސިސްޓަމާއި އިތުރު ދިރާގު ފައިބަރ 100އެމް އިންޓަނެޓް ކަނެކްޝަނަކާއި ދިރާގުޓިވީ ކަނެކްޝަން ހިމެނޭ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގެ މެނޭޖްމަންޓްގެ އެދުމުގެމަތިން، 2 ލެބަށް ބޭނުންވެފައިވާ ބައެއް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިކަމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ސީއީއޯ މޫމިނާ އާދަމް ވިދާޅުވީ، ދިރާގުން ވޭތުވެދިޔަ 12 އަހަރު ކުޑަކުދިންގެ ހިޔާއަށް ވެދެމުންދާ ދީލަތި އެހީތެރިކަން ނުހަނު އިހުލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށެވެ. އެގޮތުން އެ ކުދިންގެ ކިޔެވުމަށާއި، މުނިފޫހިފުލުވުމަށް ދިރާގުން ފޯރުކޮށްދީފައިވާ ދިރާގު ޓީވީ އަދި އިންޓަނެޓަކީ ވަރަށް މުހިންމު ދެ ވަސީލަތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ ޖަތް ދިރާގު ޓީވީ ކަނެކްޝަން ކުޑަކުދިންގެ ހިޔާގެ އެކި އެކި ފްލޯ ތަކަށް ހަދިޔާކޮށް އަދި އެ ކުދިންގެ އޮންލައިން ކްލާސްތައް ހިންގުމަށް ދިރާގުން އަންނަނީ ފައިބަރ އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!