އުމްރާ އަށް މީހުން ގެންދަން އިތުރު ހަ ކުންފުންޏަކަށް ހުއްދަ ދީފި

ރާއްޖޭން އުމްރާއަށް މީހުން ގެންދިއުމަށް އިތުރު ހަ ކުންފުންޏަކަށް ހުއްދަ ދީފިއެވެ.

ދިވެހިން އުމްރާއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

މިނިސްޓްރީން ހުއްދަ ދިން ހަ ކުންފުންޏަކީ ގުބާ ޕްރައިވެޓް ލިމިޓެޑް، އެމްއެސް ހައްޖު އެންޑް އުމްރާ، އުއްމުލްގުރާ ލިލް ހައްޖު ވަލްއުމްރާ ޕްރައިވެޓް ލިމިޓެޑް، ސިރާތު އުމްރާ ޕްރައިވެޓް ލިމިޓެޑް، އަސްކޮއި ހައްޖު އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ރޯޔަލް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑެވެ.

މި ހަ ކުންފުންޏާއެކު ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ 37 ކުންފުންޏަކަށް ހުއްދަ ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!