ރައީސް ޔާމީންގެ ވެރިކަމުގައި ނުއަގުގައި ރަށްތައް ވިއްކާ ފައިސާއަށް ހިނާޔަތްތެރިވި: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށާ އެ ރަށްރަށުން ލިބުނު ފައިސާގައި އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ މިއަދު ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިހާހިސާބަށް އައިއިރުގައި ކުރީގެ ވިއްކާފައި ހުރި 85 ރަށުގައި ރިސޯޓު ނުހެދި އެބަ ހުރި ކަމަށެވެ. އަދި އެކަމުން ދައުލަތަށް އާންމުދަނީއެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވިއެެވެ.

“އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅު ރަށެއް ރިސޯޓް ހަދާކަށް ދޫކޮށްފައެއް ނޯންނާނެ. އަދި އެ ހިސާބުން ނިމުނީއެކޭ ނޫން އިނގޭތޯ، ރައީސް ޔާމީންްގެ ވެރިކަމުގައި ދޫކުރި ރަށްތަށް ނުއަނގުގައި ދޫކޮށް އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ، ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ، އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތިހާލަތުގައި އޭގެން ހަރަދު ކުރަނީ”. ރައީސް ވިދާޅުވިއެވެ،

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަންގައި ނަމަވެސް ފަސް އަހަރުގެ ވެރިކަން ނިންމާލީ ރާއްޖޭގެ ދަރަނި 60 ބިލިއަނަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 15 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށާއި ދައުލަތުން ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!