ކުންޑުލީ ބާގްޔާގެ ކަރަން ގެ ފޭނުން ކޮބާ؟ ރާއްޖޭގައި ހުރެގެން އޭނާ އެބަ ގޮވާ!

މަޝްހޫރު ޑްރާމާ ސީރީޒް ގެ ލީޑްރޯލުން ފެނިގެން ދާ ދީރަޖް ދޫޕާރް ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ. ދީރަޖް ގިނަ މީހުންނަށް އެގިގެން ގޮސްފައިވަނީ ކުންޑުލީ ބާގްޔާގެ ކަރަންގެ ގޮތުގައިއެވެ. ގިނަ ޒުވާން އަންހެން ކުދިންގެ މެދުގައި ދީރަޖް އަކީ ވަރަށް ވެސް މަގުބޫލު މޫނެކެވެ.

ދީރަޖް ރާއްޖެގައި ޗުއްޓީ ހޭދަކުރަމުންދަނީ އެބޫދޫ ލެގޫން ގައިއެވެ. ދީރަޖް ރާއްޖެ އައިސްފައި މިވަނީ އެނިވާސަރީ ފާހަގަ ކުރުމަށްށެވެ. ދީރަޖް ދަނީ ޗުއްޓީގެ ފޮޓޯތަށް އިންސްޓަގްރާމްގައި ޝެއާކުރަމުންނެވެ.

އޭގެރެތެއިން އެއް ފޮޓޯގައި ދީރަޖް ފެންނަނީ ޖެޓްސްކީ އެއްގައި އިށީދެލައިގެން އިންދައެވެ. ކެޕްޝަން ގައި ލިޔެފައި ވަނީ ރައިޑަކަށް ގެންގޮސްދޭނެކަމަށެވެ. މީ ރާއްޖޭ ގައި ތިބި ދީރަޖުގެ ފޭނުން ގައިމުވެސް ބޭނުން ވާނެފަދަ ފުރުސަތެއްކަން ގައިމެވެ.

ބެލެވޭ ގޮތުގައި ދީރަޖް ރާއްޖެ އައިސްފައިވަނީ މީގެ ދެދުވަހެއް ކުރިންނެވެ.

ދީރަޖް ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރު ވިނީ އަރޯރާ އާއި އެވެ. ވިނީ އަކީ ވެސް ޑްރާމާ ސީރީޒް ތަކުން ފެންނަ ފަންނާނެކެވެ. އެކްޓް ކުރުމުގެ އިތުރުން ދީރަޖް އަކީ ހޯސްޓެއްވެސް މެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!