ބަލާބަލަ! މުންނީ މިހާރު ބޮޑުވެއްޖެ

ސަލްމާން ހާންގެ “ބަޖްރަންގީ ބައިޖާން” ގައި އުޅުނު ހަރްޝާލީ މަލްހޯތްރާ (މުންނީ) ހަނދާންއެބަހުރި ހެއްޔެވެ؟ މިފިލްމަށް 5 އަހަރު ފުރިފައިވާ އިރު މިހާރު ހަރްޝާލީ ހުރީ ބޮޑުވެފައެވެ.

ހަރްޝާލީ އަކީ އިންސްޓާ ގުރާމުގައި ވަރަށް އެކްޓިވް ކުއްޖެކެވެ. އަދި މި ދިވާލީގައި އޭނާ ވަނީ ރަތް ހެދުމެއްގައި ދިޔާ ހިފަހަށްޓައިގެން އަދި އަނެއް ފޮޓޯގައި ރަންގޯލީ ކައިރީގައި އިށީނދެލައިގެން އިން ފޮޓޯތަކެއް ހިއްސާކޮށް، އުފާވެރި ދިވާލީ އަކަށް އެދެން މިހެން ލިޔެފައެވެ. އަދި އެމީހުން ފާހަގަ ކުރާ ބައިޖޫދް ގައިވެސް ފޮޓޯތަކެއް ހިއްސާކޮށްފައިވެއެވެ. ފިޔާތޮށި ކުލައިގެ ހެދުމެއްގައި އޭނާގެ ބޭބެ އާއިއެކު ހުރި މި ފޮޓޯގައި ލިޔެފައިވަނީ އެންމެ އުނދަގޫބޮޑު ނަމަވެސް އެންމެ ލޯބިވާ ބޭބެއަށް އުފާވެރި ބައިޖޫދް އަކަށް އެދެން ކަމަށެވެ.

ހަރްޝާލީ މަލްހޯތްތާގެ ފުރަތަމަ ފިލްމަކީ “ބަޖްރަންގީ ބައިޖާން”އެވެ. މީގައި އޭނާ ކުޅުނީ 6 އަހަރުގެ ޕާކިސްތާނު ކުއްޖެއް އިންޑިޔާގައި ގެއްލުނު ރޯލެވެ. އަދި ހަރްލީޝަ އަށް ވަނީ އެ އަހަރު އެ ރޯލަށް އެވޯޑެއްވެސް ހޯދާފައެވެ.

އަދި ފަހުން ހަރްޝާލީ ފެނިގެނަ ދިއައީ ޓީވީ ޑުރާމާ “ގަބޫލްހޭ” އިންނާއި ” ލޯޓްއާއު ޓުރިޝާ” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!