ފޮޓޯ: ރާއްޖެއެމްވީ

ރައީސް ޔާާމީން އެދިވަޑައިގަތުމުން މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން މިިއަދު ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މި އަޑުއެހުން ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ޔާމީންގެ ބަލި ޙާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާކަމަށް ބުނެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާތީ ކަމަށެވެ.

“ރައީސް ޔާމީންގެ ފަރާތުން އެ ގޮތަށް އެދިފައިވަތީ މިއަދުގެ އަޑުއެހުން އެހެން ދުވަހަށް ރީޝެޑިއުލް ކުރެވިފައިވަނީ،” ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެކެވެ.

މިމައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިއަަހަރުގެ އޮގަސްޓް 16 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންއަށް ގާނޫނީ ވަކީލުންނާ “ސީދާ” ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިދީފައި ނުވާތީ، އެކަން ހަމަޖައްސާ ދެއްވުމަށް އެމަނިކުފާނުގެ ފަރާތުން އެދިލައްވާފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!